ފިލްމު ޖަޖްމެންޓަލް ހޭ ކިޔާ ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި

އެންމެ ގިނަ މީހުން އިންތިޒާރު ކުރަމުން އަންނަ ފިލްމު “ޖަޖްމެންޓަލް ހޭ ކިޔާ” ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

އެކްތާ ކަޕޫރްގެ ބަލާޖީން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު ދައްކައިލީ “ޕަރާ ޕަރާ” އެވެ. ފިލްމުގެ އެކި މަންޒަރުތައް ހިމަނައިގެން ގެނެސް ދީފައިވާ ލަވައިގެ މިއުޒިކް ރަޖިތާ އަރޯރާ ހަދާފައިވާ އިރު، ލަވަ ކިޔާފައިވަނީ އަރުން ދޭވް ޔާދަވް އެވެ.

މި އަހަރު ހިންދީ ސިނަމާ އަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައި ބެލެވޭ “ޖަޖްމެންޓަލް ހޭ ކިޔާ” ގެ ލީޑް ރޯލުން ފެންނާނީ ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯ އެވެ.

ފިލްމު މި މަހުގެ 26 ގައި ރިލީޒްކުރާ އިރު މިހާރު ކުރިއަށް ދަނީ ފިލްމްގެ ޕްރޮމޯޝަންގެ މަސައްކަތްތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!