އާޒިމާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި އެވެ.

މިއީ ރައީސް ޔާމީންގެ ނަން ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީންގެ ވެރިކަމަށް ނިމުމަށްފަހު ފުލުހުންގެ އިދާރާއަށް ތަހުގީގަށް ހާޒިރުކުރިއިރު ޔާމީންގެ ވަކީލަކީ ވެސް އާޒިމާ އެވެ.

އާޒިމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ ވެސް ރައީސް ޔާމީންއަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެންނެވެ. 

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!