އައްޑޫ އާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފި

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 16:50 އިން މިރޭ 19:50 އާއި ހަމައަށެވެ. މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!