އެމްޓީސީސީން ދަތުރުފަތުރުގެ ނިޒާމު މެދުވެރިކޮށް މިދިޔަ އަހަރު 15 މިލިއަން މީހުން އުފުލައިދިން

އެމްޓީސީސީ އިން ދެމުން ގެންދާ ދަތުރުފަތުރުގެ ނިޒާމު މެދުވެރިކޮށް މިދިޔަ އަހަރު 15 މިލިއަން މީހުން އުފުލާދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން ވިދާޅުވީ، އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޕަސެންޖަރުންގެ ގޮތުގައި ގާތްގަނޑަކަށް 15 މިލިއަން މީހުން ފްލީޓްގައި ދަތުރުފަތުރު ކޮށްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެންމެ ގިނަ އިން ފެރީގެ ހިދުމަތް ބޭނުން ކުރަނީ ވިލިނގިލި ދާއިރާ އަށް ކަމަށާއި އެ ދާއިރާ އިން ގާތްގަނޑަކަށް 15،000 އާއި 16،000 އާ ދެމެދުގެ ޕަސެންޖަރުން ދުވާލަކަށް ދަތުރުކުރަމުންދާ ކަމަށެވެ.

އެމްޓީސީސީއަކީ މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!