ޔޫރަޕިއަން ކޮމިޝަނަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސަށް، ރައީސް ސޯލިހް ތަޙުނިޔާ ވިދާޅުވެއްޖެ

ޔޫރަޕިއަން ކޮމިޝަނަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް ހަރ އެކްސެލެންސީ އަރސަލާ ވޮންޑަ ލެޔެން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޙުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވ

އެމަނިކުފާނު ފޮނުއްވި ތަޙުނިޔާގެ މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫރަޕިއަން ޔޫނިއަނާ ރާއްޖެއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގެ ދެމެހެއްޓިނިވި ތަރައްޤީއަށްޓަކައި އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޝުކުރުއަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ވެސް، އެކަމަނާގެ ރައީސްކަމުގެ ދައުރުގައި ޔޫރަޕިއަން ޔޫނިއަނާއި ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!