ބީއެމްއެލްއިން ހުށަހެޅި މައްސަލައަށް އޭސީސީން ތަދައްޚުލް ވެއްޖެ

ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަދައްހުލްވެއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު މީގެ ކުރިން ވިދާޅުވީ ބީއެމްއެލް އިން އެ ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރީ މައުލޫމާތެއް ހޯދަން އެދުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ބޭންކުގައި އެދުމުން ހައިކޯޓުގެ ނިންމުމަކާ ގުޅިގެން އެ މައުލޫމާތު ދިނުމަށް ދަތިތަކަކާ ކުރިމަތިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، މިއަދު މެންދުރުފަހު އޮތް އެ މައްސަލާގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމަށް ހާޒިރުވާން ކޮމިޝަނަށް ވަނީ އަންގައިފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!