ބީއެމްއެލް އިން ހުށައެޅި މައްސަލައަށް ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބި ޝަރީއަތަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށްކުރި ދައުވާ އަށް ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބުމުން، މައްސަލަ ޝަރީއަތަށް ހުށަހަޅައިފި އެވެ.

ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަނުން ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައިވާތީ އެކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.

ރިޔާސީ ކޮމިޝަންގެ ފަރާތުން އެ މައްސަލާ ގައި ތަމްސީލުވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބޭންކުގެ ފަރާތުން ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލް ޝާހީން ހަމީދެވެ.

އެ މައްސަލާއި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔައީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ބާއްވާ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމެއްކަމުން އެ އަޑުއެހުމަށް ނޫސްވެރިން ވައްދާފައެއް ނުވެއެވެ. ސިވިލް ކޯޓުން ބުނީ ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބުމުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ގާޒީ ނިންމެވިކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!