މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު މެންދުރު ފަހު ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައި ވަނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، މޫސުމަށް ސަމާލުކަން ދިނުމަށް ކަނޑުދަތުރުކުރާ ފަރާތްތަކަށް އެމްއެންޑީއެފުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!