އަނެއްކާވެސް މީހެއް ގައިގައި ތަޅާ އަނިޔާކުރި ވީޑިއޯއެއް އާންމު ވެއްޖެ

އަނެއްކާވެސް މީހަކަށް ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި، ބިން މަތީގައި ވެއްޓިފައި އޮތް މީހަކު ރޯ އިރު ކައިރީގައި ތިބި ގުރޫޕަކުން އޭނާއަށް އިންޒާރު ދޭ އަޑު އިވެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެކަން ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އއ. ތޮއްޑޫގަ އެވެ. “މިއީ ތޮއްޑޫއޭ…. ކަލޭ ދަމާލާނަން!” ބިންމައްޗަށް ވެއްޓިފައި އޮތް މީހާއާ ދިމާލަށް އެތަނުގައި ހުރި މީހަކު ބުނާ އަޑު އެ ވީޑިއޯގައި އިވެ އެވެ. އަދި އެ މީހާ ބަނދަރު ސަރަހައްދުގައި ބަރަހަނާ ކޮށްފައި ބަހައްޓައެވެ. އަދި މޫނު މަތި ފެޅި ލޭ އޮހޮރެމުން އަންނައިރު އެ ރަށުން އެވީ ކުޑަ ވަރެއް ކަމަށް މީހަކު ބުނާ އަޑު އިވެއެވެ.

މީ 2 ވީޑީއޯ ކޮޅެއްކަމުން، އެ ދެ ވީޑިއޯ ކޮޅުން ފެނަނަނީ އެކަކު ކަމެއް ސާފެއް ނުވެއެވެ. ސަބަބީ ފުރަތަމަ ވީޑިއޯގައި އަނިޔާ ކޮށްފައިވާ މީހާގެ މޫނު ނުފެންނާތީ އެއީ އެކަކު ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ. ފުރަތަމަ ވީޑިއޯގައި ބިން މައްޗަށް ވައްޓާލައިފާ އޮތް މީހާ ހުދު ޓީޝާޓެއް ލައިގެން ހުރި ނަމަވެސް، ދެވަނަ ވީޑިއޯގައި އަނިޔާކޮށްފައިވާ މީހާ ހުރީ ހުސްގަޔާ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް އަދި ހުށަހަޅާފައިވާނުވާ ކަމަށާއި، ނަމަވެސް، އެއީ ކޮން އިރަކު ކޮން ގޮތަކަށް ހިނގާފައިވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!