އިންފޮމޭޝަން ކޮމިޝަނަރު ކަމަށް 9 ފަރާތަކުން ކުރިމަތިލައިފި

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 9 މީހަކު އެ މަގާމަށް ކުރިމަތިލައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލީ މީހުންގެ އަދަދު ރައީސް އޮފީހުން ހާމަކުރި ނަމަވެސް ކުރިމަތިލީ މީހުންގެ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު މި މަހުގެ 22 ގެ ނިޔަލަށް ހަމަވާއިރު، އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 14:00 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!