އިތުރަށް ފައިސާ ނެގި މައްސަލާގައި މިހާތަނަށް ހުށަހަޅާފައިވަނީ ހަރަމައިން ހައްޖު ގްރޫޕުގެ މައްސަލަ އެކަނި

ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނެގި މައްސަލާގައި މިހާތަނަށް ހުށަހަޅާފައިވަނީ އަލްހަރަމައިން ހައްޖު ގްރޫޕުގެ މައްސަލަ އެކަނި ކަމަށް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހަރަމައިން ހައްޖު ޖަމާއަތުން އިތުރަށް ފައިސާ ނަގާ ކަމަށް ބުނާ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހެޅުމުން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ އެ ޖަމާއަތުގެ ބައެއް ވެރިންގެ ބަޔާން ވެސް ނަގައިފައިއެވެ.

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނަށާއި ފަސް ޖަމާއަތަކަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!