ފޮޓޯ: އަވަސް

ޖީވައިޕީއޭގެ ޝަރަފުވެރި މެހުމާނަކަށް ރައީސް ނަޝީދު

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއާއި، ޔޫތު މިނިސްޓްރީ ގުޅިގެން އިންތިޒާމް ކޮށްގެން ކުރިޔަށްގެންދާ “ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް” (ޖީވައިޕީއޭ) ޓްރެއިނިން ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފި އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ އޮގަސްޓް މަހުގެ 28 އިން 31 އަށް މި ޓްރެއިނިން ޕްރޮގްރާމު ކުރިއަށް ގެންދާނެއެވެ.

އޭގެ ތެރެއިން ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނީ އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއަޔާތުގަ އާއި ހުރިހާ ބައިވެރިން ހިމެނޭގޮތަށް ކުރިޔަށްގެންދާ ސްނޯކްލިން އިވެންޓްގައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!