ސައިކަލް ވަގަށް ނަގާ މައްސަލަ ބޮޑުވެ, އޮޕަޜޭޝަނެއް ފަށައި ބަޔަކު ހައްޔަރުކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކުން ސައިކަލު ވަގަށް ނަގާ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންގައި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. 

ތަފާސް ހިސާބުތަކާއެކު ފުލުހުން ބުނީ މި މަހުގެ އަށް ވަނަ ދުވަހު ފެށިގެން 34 ސައިިކަލު ގެއްލިގެން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 23 ސައިކަލެއް ހޯދާފައިވާ ކަމަށެވެ. އެ ސައިކަލުތަކުގެ ތެރެއިން 11 ސައިކަލު ފުލުހުންގެ މަސައްކަތުން ހޯދާފައިވާއިރު 12 ސައިކަލު ހޯދީ އެ ސައިކަލުތަކުގެ ވެރިފަރާތްތަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!