ޑިފެންސް މިނިސްޓަރު ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބ. ކަމަދޫގެ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރައްވައިފި އެވެ.

 
ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އެރަށު ކައުންސިލުން ވަނީ މިނިސްޓަރަށް ހިއްސާކުރައްވާފައެވެ.

އެގޮތުން އެމްއެންޑީއެފް އާ ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ނިޔަމި ކޯހާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

ކަމަދޫ ކައުންސިލުން ވަނީ އެކައުންސިލްގެ ގަވަމެންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ސިފައިންގެ ވަޒީފާ އަށް ހުށަހެޅޭ ފަދަ ނިޒާމެއް ގާއިމުކޮށްދިނުމަށް އެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!