ވިއްސާރައިގައި މިލަންދޫ ސުކޫލުގެ ކުލާސް ރޫމްގެ ސީލިންގ ވެއްޓިފައި

މިލަންދޫ ސުކޫލުގެ 3 ކުލާހުގެ ސީލިންގު ވެއްޓިއްޖެ

ށ. މިލަންދޫ ސުކޫލުގެ ދަރިވަރުން ކިޔަވަމުން ދަނިކޮށް 3 ކުލާހުގެ ސީލިންގު ވެއްޓި އަދި ސުކޫލުން ވެސް ކަރަންޓު ކެނޑިއްޖެއެވެ. 


މިލަންދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އަށެއް ޖަހާކާއިރު ކުދިން ކުލާސް ރޫމުގައި ތިއްބާ ކަމަށެވެ.

ސީލިންގް ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ސުކޫލުގައި ކަރަންޓުގެ މައްސަލަވެސް ދިމާވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. 

އެހާދިސާއަށް ފަހު ސުކޫލުގެ ކިޔެވުން އިންޓަވަލް ފަހު ސުކޫލު ބަންދުކޮށްފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ލައިބްރަރީއާއި 27 ކްލާސްރޫމާއި ލެބޯޓްރީއާއި އޮފީސް އިމާރާތަކާއި އެކު 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އިމާރާތުން މީގެ ކުރިން ވެސް އެތައްފަހަރެއްގެ މަތިން ވަނީ ސީލިންގް ވެއްޓިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!