ހުޅުމާލޭގައި ބާއްވާ ހަފްތާރެސް ކެންސެލްކޮށްފި

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ހަފްތާރެސް’ ކެންސަލްކޮށްފިއެވެ. 

ޔޫތް މިނިސްޓްރީން ބުނީ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ހަފްތާރެސް ޕްރޮގްރާމު ކެންސެލްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ.

ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. 

އާންމުކޮށް މާލޭގައި ބާއްވަމުން އަންނަ ހަފްތާރެސް ޕްރޮގްރާމު ހުޅުމާލޭގައި ބާއްވާގޮތަށް މިނިސްޓްރީން ނިންމީ މިމަހުގެ ތެރޭގައެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ހަފްތާރެސް ބާއްވާއިރު ވިލިމާލޭގައި ވެސް ހަފްތާރެސް ބޭއްވުމަށް ޔޫތު މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!