ތިނަދޫ ޕޯސްޓް އޮފީހުން ވައްކަންކުރި މީހާ މުދާތަކާއި އެކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ހުންނަ ޕޯސްޓް އޮފީސް ފަޅާލައި އެ ތަނުން ވައްކަންކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ވައްކަންކޮށްފައިވީ ނަމަވެސް މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:00 ޖެހިއިރު ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މިއަދު 10:20 ހާއިރު ކަމަށެވެ.

މިމީހާ ވަނީ ތިނަދޫގައި ހުންނަ ޕޯސްޓް އޮފީހާއި އެތަނުގެ ކައިރީގައި ހުރި ގެއަކުން ވެސް ވައްކަން ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. މި ދެ ތަނުން ވަގަށް ނެގި ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!