ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް މާއްޓޭ އައްޔަންކޮށްފި

ރާއްޖޭގެ ކުޅިވަރުގެ ކަންކަން ހަރުދަނާ އުސޫލެެއްގެ ދަށުން ހިންގުމަށް ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަން މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ، ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު، މާއްޓޭ އެ މަގާމަށް ހަމަޖައްސާފައިވާ ކަމަށާއި އެކޯޕަރޭޝަންގެ ދެ ޑިރެކްޓަރުންނަށް އިސްމާއިލް ފާރިޝް އާއި އަބްދުލް ލަތީފް އަބްދުލް ހަކީމް އައްޔަން ކުރައްވަފަިއވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ހުސައިން މުހައްމަދެވެ. އޭނާ ވަނީ ކުރިން ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީކަން ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!