މެދު ރާއްޖެތެރެއާއި ދެކުނަށް އުދަ އަރާނެކަމުގެ އިންޒާރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދީފި

މެދު ރާއްޖެތެރެއާއި ދެކުނަށް އުދަ އަރާނެކަމުގެ އިންޒާރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދީފިއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމާއެކު މެދުތެރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް އުދައަރާނެކަމަށް ލަފާކޮށްފައިވަނީ، މިއަދު މެނުްދުރު 12:30 އިން މިއަދު ހަވީރު 16:30 އާ ހަމައަށެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރައްރަތަކަށް މި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަމުން ދާއިރު، ބައެއް ރައްރަށަށް ބޯކޮށް ވާރޭވެހި މަގުތަކުގައި 3 ފޫޓަށް ފެންބޮޑުވެފައިވެއެވެ. އަދި ފެންވަދެ ބައެއް ގެތަކަށް ގެއްލުންތަކެއް މިހާރުވެސް ލިބިފައިވާއިރު، އެ ސަރަހައްދަށް 50 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް މޫސުމާޞެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

އުތުރަށް ޔެލޯ އެލާޓް ނެރުނުއިރު މިއަދު ހެނދުނު 07:00 އިން 11:15 އަށް މެދުރާއްޖެތެރޭގެ ހުރިހާ އަތޮޅަކަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!