ރައީސްގެ ދެކަނބަލުން މޮރިޝަސްއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މޮރިޝަސް އަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން މޮރިޝަސް އަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ސަރުކާރުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަންނަ ހޯމަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!