ތިނަދޫ ޕޯސްޓު އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފި

ގދ. ތިނަދޫ ޕޯސްޓު އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ތިނަދޫ ޕޯސްޓު އޮފީސް ފަަޅާލައި އެތަނުގައި ހުރި ގިނަ އަދަދެއްގެ ޕާރުސަލްތަކެއް ކަނޑައި އޭގެއިން ވައްކަން ކޮށްފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕޯސްޓު އޮފީހުގެ ތިޖޫރި ފަޅާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް ތިޖޫރި ފަޅާލެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!