މަސްތުވާތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފި

ހއ.ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހޯރަފުށީގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ޖުލައި 16 ވަނަ ދުވަހުގެރޭ 20:45 ހާއިރު ހިންގި މިއޮޕަރޭޝަނުގައި އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ގަމީހުގެ ޖީބުން މަސްތުވާތަކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މި މައްސަލަ ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!