ދި ޖަޖް ގެ ސްކްރީނިންގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ފަލަސްތީނުގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރު، ހުލޫދު އަލް ފަގީހާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިޔުމެންޓްރީ ފިލްމު “ދަ ޖަޖް” ސްކްރީން ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފި އެވެ.

ރޭ އޮލިސްޕަހުގައި ބޭއްވި އެ ޙަފުލާއަކީ މިނިސްޓްރީ އޮފް އާރޓްސް އެންޑް ހެރިޓޭޖްގެ އެހީތެރިކަމާއެކު އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ އުތެމާއިން އިންތިޒާމުކުރި ޙަފުލާއެކެވެ.

“ދަ ޖަޖް” ފިލްމުގައި ދައްކުވައިދެނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވިހުލޫދު، މެދުއިރުމަތީގެ ޝަރުއީ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރުކަމުގައި ވެވަޑައިގެންނެވުމަށް ކަޑައްތު ކުރެއްވި ދިގު ރާސްތާއެވެ. އަދި މީގެ ކުރިން ހާމަވެފައި ނުވާމިންވަރަށް ހާމަކަމަކާއެކު މެދުއިރުމައްޗާއި، ފަލަސްޠީނުގެ ޝަރުޢީ ކޯޓުތަކުގެ ވާހަކަތައް ގެނެސްދީފައިވާ މި ޑޮކިއުމަންޓްރީގައި ފަލަސްޠީނުގެ އާދަކާދައާއި ޤާނޫނީ ދާއިރާވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

ރޭ އޮލިމްޕަހުގައި ބޭއްވި ފިލްމު ސްކްރީނިން އަށްފަހު، “އަންހެނުންނާ ފަނޑިޔާރުކަން” މި މައުލޫގެ މައްޗަށް ޕެނަލް އަކާ އެކު ހިޔާލު ބަދަލުކުރެވިފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!