އުމަރު ބާއްވަން އުޅޭ ޖަލްސާ އަނެއްކާވެސް ފަސްކޮށްފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން އުޅޭ ޖަލްސާ އަނެއްކާވެސް ފަސްކޮށްފިއެވެ.

އުމަރު މިއަދު ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ ޖަލްސާ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއަށް މިހާރު ފަސްކުރެވިފައިވާ ކަމަށެވެ.

މި ޖަލްސާ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހު ރެއެވެ. ނަމަވެސް ޖަލްސާ ބޭއްވުމަށް ނިންމި ކާނިވާ ސަރަހައްދުގައި އިތުރު ހަރަކާތްތަކެއް ކުރިއަށްދާތީ އުމަރު ވަނީ އެ ޖަލްސާ މިރެއަށް ފަސްކުރަން ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!