ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަން ނިންމައިފި

އައްޑޫގައި ހިންގަމުން އަންނަ ފްލައިިން ސްކޫލް، ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އިއްޔެ ބުނެފިއެވެ.

ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަން ނިންމީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގެ ކުލި ބޮޑު ވުމުން ކަމަށްވެސް އޭއޭއޭ އިން ބުނެފައިވެއެވެ.

އޭއޭއޭ އިން މައުލޫމާތު ދިން ގޮތުގައި މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކުރިޔަށް ވުރެ ރަނގަޅު ހިދުމަތްތަކާއި އެކީގައި ފްލައިން ސްކޫލް ހުޅުވިގެންދާނެކަމަށެވެ. މާފަރަށް ފްލައިން ސްކޫލް ބަދަލުކުރުމަށް ފަހު އޭވިއޭޝަން އިންޖީނިއަރިން ވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފްލައިން ސްކޫލުން ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖެއްގެ އަތުން 45،000 ޑޮލަރު ނަގާއިރު މިހާތަނަށް އެ ސްކޫލުގައި 354 ކުދިން ކިޔަވާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!