ކުރީގެ މެނޭޖްމަންޓަށް ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހަލެއް ހޯދިފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް: ފެނަކަ

ކުރީގެ މެނޭޖްމަންޓަށް ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހަލެއް ހޯދިފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ފެނަކަ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ބުނެފިއެވެ.

ފެނަކަ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ނެެރުނު ނޫސް ބަޔާނުގައި ބުނީ 2012 ވަނަ އަހަރު ކުންފުނި ވުޖޫދުވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، އޭރު އޮތް މެނޭޖްމަންޓަށް ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހަލެއް ހޯދިފައި ނުވުމަކީ މި ސަރުކާރާއި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ހިތާމަ ކުރާ ކަމެއް ކަމަށެވެ. މީގެ ކުރިން ފެނަކަ ހިންގި ފަރާތްތަކަށް ކުންފުނި ހިތަކަށް ލިބި “ސައްބުބޭގެ ހުނިގޮނޑި” ފަދައިން ކަންވެ ގޮސްފައިވާ ވާތީ، ހިދުމަތް ދިނުމަށް މިހާރުގެ މެނޭޖްމަންޓަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

“އެ ފަރާތްތަކުން [ކުރީގެ މެނޭޖްމަންޓް] ކުންފުނީގެ ހާލަތާ މެދު މީޑިއާގައި ހިއްސާ ކުރާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވުމެއް ނުވާ، ކުރިން ކުންފުނި ހިންގުމުގައި ކޮރަޕްޝަންގެ އަމަލުތަކާއި، މުވައްޒަފުން މެދުވެރިކޮށް ހިންގެވި ޖަރީމާތައް ހިންގަން މިހާރު ފުރުސަތު ނުލިބުމާއި، ކުންފުނީގެ މުދަލަށާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ރައްޔިތުންނަށް ހާމަވަމުންދާތީ އެ ކަމުގެ ނުތަނަވަސްކަމުން ދައްކަމުންދާ ވާހަކަތަކެކެވެ.” ފެނަކައިގެ ބަޔާނުގައިވެ އެވެ.

“މާޒީގައި ކުންފުނި ހިންގުމަށް ބޭނުން ކުރި ބޭނުންތަކަށް ދެން މި ކުންފުނިން އިތުރަށް ފުރުސަތު ނުލިބޭނެ އެވެ. އަދި ކުންފުނީގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މީހުންނާ ބެހޭގޮތުން ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމެވެ.” ފެނަކައިގެ ބަޔާނުގައި ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!