ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން ކޯޓަށް ހާޒިރުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަން (އޭއާރްސީ) މާދަން ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.

ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެ ބޭންކުގައި ހުޅުވާފައިވާ ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައިވާތީ އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.

ސިވިލް ކޯޓުގައި މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމެވެ.

މާދަމާ މެންދުރު ފަހު 01:00 އަށް އޭއާރްސީ ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ އިރު އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަނީ ބީއެމްއެލް ގެ އިސް ވެރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!