ފޮޓޯ: ސަން

ބަންގްލަދޭޝް ހައިކޮމިޝަން ކައިރީ އޮތް ކާރަކަށް ގެއްލުންދީފި

ބަންގްލަދޭޝް ހައިކޮމިޝަން ކައިރީ އޮތް ކާރަކަށް މިރޭ ގެއްލުންދީފައި ވާކަމަށް ފުލުހުން ވިދާޅުވިއްޖެއެވެ.

ފުލުހުން ބުނީ، މިރޭ 18:45 ކަންހާއިރު ބަންގްލަދޭޝް ހައިކޮމިޝަން ކައިރީ ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުންދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިހާދިސާގައި ކާރުގެ ފަހަތު ބިއްލޫރިގަނޑު ތެޅިފައިވާ ކަމަށެވެ.

މި ހާދިސާގައި ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބިއްލޫރިގަނޑު ތެޅިފައިވަނީ މަތިން ވެއްޓުނު އެއްޗަކުން ޖެހިގެންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގް ކުރަމުން އަންނައިރު ބަންގްލަދޭޝް ހައި ކޮމިޝަނަކީ ފުލުހުން 24 ގަޑިއުރު ފޯރި މަރަމުން އަންނަ ސަރަހައްދެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!