ފޮޓޯ: ސަން އޮންލައިން

ދާންދޫ މެޖިސްޓްރޭޓް އާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މައްސަލަތަކެއް ބަލަން ޖޭއެސްސީން ނިންމައިފި

ދެ މެޖިސްޓްރޭޓެއްގެ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބަލަން ނިންމީ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލައަކާއި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ މައްސަލައެކެވެ.

ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީއަކުން ނުދެ އެވެ.

މީގެ ތެރެއިން ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލަ ބަލަން ޖޭއެސްސީން ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ނަގާފަ އެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާގެ މައްސަލަ ތަހުގީގު ކުރަން ތައުދީބީ ކޮމިޓީއަކަށް ފޮނުވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!