ލޯކަލް މާރުކޭޓްގައި ޤަވައިދާ ހިލާފަށް ހިންގަމުން އަންނަ 30 ގޮޅިއެއް ބަންދުކޮށްފި

ލޯކަލް މާރުކޭޓްގައި ޤަވައިދާ ހިލާފަށް ހިންގަމުން އަންނަ 30 ގޮޅިއެއް މާލޭ ސީޓި ކައުންސިލުން ބަންދުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ބަންދުކުރި ގޮޅިތަކަކީ ގުދަންތަކުގެ ގޮތުގައި ބައެއް ފަރާތްތަކުން ބޭނުންކުރަމުން ދާ ގޮޅިތައް ކަމަށެވެ. މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދަކީ ރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ވިއްކަން ޚާއްސަ މާރުކޭޓެވެ.

މާރުކޭޓްގެ ގޮޅި ދޫކުރަނީ ދިވެހިންނަށެވެ. ކޮންމެވެސް ދިވެއްސަކު ގޮޅި ނެގުމަށްފަހު ބޮޑު ކުލީގައި އެތަން ބިދޭސީންނާއި ހަވާލުކުރެއެވެ. މަޑުމަޑުން ބިދޭސީން ގިނަވަގެންގޮސް މިހާރު ލޯކަލް މާރުކޭޓްގެ މަދު ގޮޅިއެއްގައި ނޫނީ ތިބީ ބިދޭސީންނެވެ. 

ލޯކަލް މާރުކޭޓުގައި ގަވާއިދާ ޚިލާފަށް ކުއްޔަށް ދީފައިވާ ގޮޅިތައް ނެގުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 30 ގޮޅިއެއް ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މާރުކެޓްގައި ހިންގާ ބައެއް ގޮޅިތަކުގެ ވެރިންނަކީ މީރާއަށް ފައިސާ ނުދައްކާ ފަރާތްތައްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!