ފޮޓޯ: ގޫގުލް / ހުޅުމާލެ

ސީލައިފަށް ދައުވާކުރި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އަންގައިފި

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ސީލައިފަށް ބަދަލު ދިނުމުގައި އެޗްޑީސީން އަޅަން ނިންމި ފިޔަވަޅުތައް ބަލައި ނިމެންދެން، ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ކޮމިޝަނުން އިއްޔެ އެންގި އިރު އޮތީ ސެޓްލްމަންޓް އެގްރީމަންޓް ހަދައި ސޮއިކޮށްފަ އެވެ. މިދިޔަ ހޯމަ ދުވަހު އެ އެއްބަސްވުން ހެދީ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންގެ މެދުގަ އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ސިވިލް ކޯޓުން ހުކުމް ކުރީ، ދައުވާކުރި މީހުންނާއި ދައުވާ ލިބޭ ފަރާތްތަކުން ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އެގޮތަށް އެއްބަސްވުމުންނެވެ. ޑިސްޕިއުޓްގައި ހޯމަ ދުވަހު މެންދުރު ފަހު އޮތް އަޑުއެހުންތައް ނިންމައި ހުކުމް ކުރީ އެނގިފައިވާ ގޮތުގައި، އެ ރޭ 11:00 ހާއިރެވެ.

ބަދަލު ދިނުމަށް ހެދި އެ އެއްބަސްވުމުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ސެޓްލްމަންޓް އެއްބަސްވުމުގެ ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ އަދަދު 24 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!