ބާ ކައުންސިލް އުފައްދައިވައިފި

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން “ދިވެހިރާއްޖޭގެ ބާ ކައުންސިލު”، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ބާ ކައުންސިލް އުފައްދަވާފައިވަނީ ހުސްވި ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ ގުޅޭގޮތުން މިއަދު ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 480 ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ބާ ކައުންސިލަކީ ރައީސް ސޯލިހުގެ ސަރުކާރުގެ މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހެޅި، ގާނޫނަކަށް ބަދަލުވެގެން ދިޔަ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މުޅިން އަލަށް ރާއްޖޭގައި އުފެއްދި ކައުންސިލެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!