ފޮޓޯ: އަވަސް

ތުހުމަތުތަކަށް ޖަވާބުދޭން ފުރުސަތަކަށް ނީޒާ އެދިއްޖެ

އެމްއެމްޕީއާރްސީގެ ޚިޔާނާތު ފައިސާ ޖަމާވި ކުންފުނި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލީ އޭރު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގައި ހުރި ނީޒާ އިމާދުގެ އިރުޝާދަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައިވާތީ އެކަމުގެ ހަގީގަތް ހާމަ ކޮށްދިނުމަށް ސާފު ކޮށްދޭން ބޭނުންވާ ކަމަށް ނީޒާ ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރަށް ނީޒާ މިއަދު ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާތައް އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކަށް ޖަމާވަމުން ދިޔައިރު އެކަން ހުއްޓުވާފައި ނުވަނީ އޭރު ޑެޕިއުޓީ ގަވަރުނަރަކަށް ނީޒާ ހުންނެވިއިރު އެކަމަނާގެ ވެސް އެދުމުގެ މަތިން ކަމަށް ބީއެމްއެލްއިން އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކަމުގެ ހަގީގަތް އޮޅުވާލުމަށް އެ ބޭންކުން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށް ނީޒާ ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގެ ހަގީގަތް ކޮމެޓީއަށް ހިއްސާ ކުރުމަށް ބޭނުންވާތީ އެ ފުރުސަތު ދެއްވުމަށް އޭނާ ވަނީ އެދިފައެވެ.

ނީޒާގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރުވެސް ވެސް ވަނީ ބީއެމްއެލްއިން ކުރި އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެކަމުގެ ހަގީގަތް އޮޅުން ފިލުވައިދީ ކުރަމުންދާ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދި އާތިފްވެސް ވަނީ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!