ވިސްލްބްލޯ ބިލް މަޖިލީހަށް ބަލައިގަނެފި

ކޮރަޕްޝަންގެ ޢަމަލުތައް ފަޅާ އަރުވާލާ، އޭގެ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތް ދިނުމާގުޅޭ ގޮތުން ހުށައެޅި “ވިސްލްބްލޯރ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް” މަޖިލީހަށް ބަލައިގެންފިއެވެ.

މި ބިލް ބަލައިގަތީ 75 މެންބަރުންގެ އިއްތިފާޤުންނެވެ. “ވިސްލްބްލޯރ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް” ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.

އެބިލް އިތުރަށް ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށެވެ. 

އެބިލަށް މިއަދުގެ ޖަލްސާގައި ވެސް މެމްބަރުން ބަހުސް ކުރައްވާފައި ވެއެވެ. އެބިލަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުންވެސް އެބިލަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވިއިރު، ވަރަށް ގިނަ މެމްބަރުން ވަނީ އެމްއެމްޕީއާސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި، ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ ނަން ފާހަގަ ކުރައްވާ، އޭނާއަށް ތައުރީފް ކުރައްވާފަ އެވެ.

އެބިލް އިތުރަށް ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށެވެ. 

ކުރީގެ ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދަޢުލަތަށް ހޯދައިދިނުމަށް ރައީސް ޞާލިޙް ވަޢުދުވެވަޑައިގެން އެމަނިކުފާނު މިހާރުވަނީ އެމަސައްކަތް ފަށްޓަވާފައެވެ. އަދި ޤާނޫނީ ނިޒާމުގެ ތެރެއިން، އެފައިސާ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތް ދިނުމާ ގުޅޭ ޤާނޫނީ ނިޒާމެއް ރާއްޖޭގައި ނެތުމުން އެފަދަ ޤާނޫނެއް އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!