ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި މާދަމާ މޮރިޝަސްއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މާދަމާ މޮރިޝަސް އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން މޮރިޝަސް އަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ސަރުކާރުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން މާދަމާ މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އައިލޭންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!