އައްޑޫ ފްލައިން ސްކޫލް އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށް އޭއޭއޭ އިން މިއަދު ބުނެފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލު އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށް އެ ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.

އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ ވިދާޅުވީ ގަމުގައި ފްލައިން ސްކޫލު ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހު ހަމަވާނެ ކަމަށެވެ. އެ އެއްބަަސްވުން އާކުރަން އޭއައިއޭ އާ ކުރި މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް އެއްބަސްވުން އާކޮށްދޭން އޭއައިއޭއިން ކިޔަނީ މާ ބޮޑު ކުއްޔަކަށް، އަކަ ފޫޓަކަށް މަަހަކަށް 12 ރުފިޔާ ދައްކަން ޖެހޭ ގޮތަށް. މިއީ ޓޫރިސްޓު ހޮޓާތަކުން ވެސް ނުނަގާ ވަރުގެ ކުއްޔެއް. އެހެންވެ އެ މަޝްވަރާތައް މިހާރު ވަނީ ނިމިފައި،” އޭނާ ވިދާޅުވި އެވެ.

ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ އިރު، މިހާރު ތިބި ބައެއް ދަރިވަރުންގެ ތަމްރީނުތަކެއް ނުނިމެ އެވެ. އެހެންވެ އެ ތަމްރީނުތައް ނިންމަން އޭއައިއޭ އިން ވަނީ އަންނަ އަހަރުގެ ނިޔަލަށް ފްލައިން ސްކޫލު ހިންގުމުގެ ފުރުސަތު ދީފަ އެެވެ.

“އަޅުގަނޑުމެން ނިންމައިގެން މިތިބީ އަންނަ ޖުލައިގައި އެހެން ގައުމަކަށް ބަދަލުވާން،” އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!