ފޮޓޯ މިހާރު

ހިތަދޫ ފްލެޓުތަކުގެ ޕޮއިންޓް ލިސްޓު އާންމުކޮށްފި

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދޫގައި އެޅި 264 ފްލެޓަށް ޖުމްލަ 577 މީހުން ކުރިމަތިލި ނަމަވެސް ޝަރުތު ހަމަވެގެން ލިސްޓްގައި ހިމަނާފައި ވަނީ 414 މީހުންނެވެ.

އެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވައިލީ މީގެ ތިން އަހަރު ކުރިން 2016 ގަ އެވެ.

ކައުންސިލުން ބުނި ގޮތުގައި ހިތަދޫ ފްލެޓްތަކުގެ ތެރެއިން އެ އަވަށު ރައްޔިތުންނަށް ހާއްސަކޮށްފައިވާ 150 ފްލެޓަށް ޖުމްލަ 446 މީހުން، މަރަދޫ/ މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށް ހާއްސަ ކުރި 30 ފްލެޓަށް ޖުމްލަ 54 މީހުން އަދި ހިތަދު އަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ އެހެން ރައްޔިތުންނަށް ހާއްސަ ކުރި 50 ފްލެޓަށް 70 މީހަކު ކުރިމަތިލާފައިވެ އެވެ.

ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރާނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނި އިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ކައުންސިލުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!