ސަރުކާރު ކުންފުނިތަކުން ފުރުތަމަ ކުއާޓާގައި އެންމެ ބޮޑު އާމްދަނީއެއް އެސްޓީއޯ އަށް

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސަރުކާރު ކުންފުނިތަކުގެ އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި ފައިދާގެ ތަފްސީލު މިއަަދު ވަނީ އާންމުކޮށްފައެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 24 ޕަސެންޓް އިތުރުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯ އަށެވެ. އެގޮތުން އެސްޓީއޯއަށް ފުރަތަމަ ހަމަސް ދުވަހު ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެކުންފުންޏަށް ލިބުނު އާމްދަނީއަށް ވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ކަމަށްވާއިރު އެ ކުންފުންޏަށް ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާ ބަލާއިރު 19.47 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، ފެނަކަ، އައިލެންޑް އޭވިއޭޝަން، އެމްއެމްޕީއާރުސީ އަދި އެމްޑަބްލިއުއެސްސީއާއި އެސްޓީއޯއަށް ލިބުނު ފައިދާވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަލާއިރު ދިރާގު، އެޗްޑީސީ، އަދި ސްޓެލްކޯއަށް ލިބުނު ފައިދާ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ދަށްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!