ފޮޓޯ: ގޫގުލް

ވިލާ ކޮލެޖުގެ އިންޓަނޭޝަނަލް އެންޑް ރިސާޗް ކޮންފަރެންސް ފަށައިިފި

ވިލާ ކޮލެޖުގެ އިންޓަނޭޝަނަލް އެންޑް ރިސާޗް ކޮންފަރެންސް މިއަދު ފަށައިފި އެވެ.

އެ ކޮލެޖުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ “އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް އެންޑް އިނޮވޭޝަން ކޮންފަރެންސް” އަށް މިއަހަރު ކަނޑައަޅާފައިވާ ތީމަކީ “ޓްރާންސްފޯމެޓިވް ތިންކިން – ލީޕް ޓު ދަ ފިއުުޗާ” އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ކޮންފަރެންސަށް 60 އަށްވުރެ ގިނަ ޕޭޕަރު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބޭރުގެ ރިސާޗަރުން ހިމެނެ އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރަނގަޅު ދިރާސާއަކީ ކަންކަން ނިންމާއިރު މުހިއްމު އެއްޗެއްކަން އަންގައިދިނުން ކަމަށެވެ.

އެ ކޮންފަރެންސްގައި ތަފާތު އަށް ދާއިރާއަކުން ޕޭޕަރުތަކާއި ޕޯސްޓަރުތައް ހުށަހަޅާފައި ވެ އެވެ. އަދި އެ ދާއިރާތަކާ ގުޅޭގޮތުން ހަތަރު ކީނޯޓް ސްޕީޗް އާއި ފަސް ޕެނަލް ޑިސްކަޝަން ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!