ފޮޓޯ: އައްޑޫ ލައިވް

މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ސެޕްޓެމްބަރު މަހުގެ 29 އަދި 30 ގަ ބާއްވަނީ

އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން، ކޯޕަރޭޓް މޯލްޑިވްސް “ބިޒްނަސް އެކްސްޕޯ 2019” ބޭއްވުމަށް ނިންމައިފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަކަށް ބަހާލައިގެން 29 ސެޕްޓެމްބަރުން 30 ސެޕްޓެމްބަރަށް ދަރުބާރުގޭގައެވެ.

މި އެކްސްޕޯގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޯރކާ އިން ބުނެއެވެ.

މި އެކްސްޕޯގައި 4 ސަމިޓެއް ކުރިއަށްދާނެއެވެ. އެ ސަމިޓްތަކަކީ މޯލްޑިވްސް ޔަންގް އޮންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އޮންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!