ފޮޓޯ: އައްޑޫ ލައިވް

2015 އިން ފަށައިގެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް އަދި ސިނގިރޭޓު ނައްތާލައިފި

2015 އިން ފަށައިގެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަހާއި ސިނގިރޭޓު ނައްތާލައިފިއެވެ.

މިތަކެތި ނައްތާލައިފައިވަނީ މިއަދު ހެނދުނު އައްޑޫސިޓީ ވެމްކޯގެ ކުނި ނައްތާލާ ސަރަޙައްދުގައިއެވެ.

އެގޮތުން ކަސްޓަމްސް އިން ނައްތާލާފައިވަނީ 137 ރާފުޅި ، 46 ދަޅު ބިޔަރު ، 298 ސިނގިރޭޓް އާއި ބިޑި، 4 ދަޅު އޫރުމަސް އަދި ކުއްތާގެ ގުނަވަންތަކެއް ވެސް ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އަޅުކަންކުރަން ގެންގުޅޭ ބުދުތަށްވެސް މިތަކެތީގެ ތެރޭގައި ހިމެނެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!