މަޖިލީހަށް ދޮގު މައުލޫމާތު ދީފިނަމަ ފިޔަވަޅު އަޅާނަން: މަޖިލީހުގެ ރައީސް

ސަރުކާރުގެ އެއްވެސް ވުޒާރާއެއް ނުވަތަ އެއްވެސް މުއައްސަސާއެއްގެ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެން ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެވަޑައިގެން ވިއަސް ދޮގު ނުހެއްދެވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. 


ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ބައެއް މުއައްސަސާތަކާއި އަދި ބައެއް ވުޒާރާތަކުން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުން ކޮމިޓީތަކުގައި ދޮގު ހައްދަވާ ކަމަށާއި ސާފު ބަހުން ވާހަކަ ނުދައްކަވާ ކަމުގެ ޝަކުވާ ބައެއް ކޮމެޓީތަކުގެ މުގައްރިރުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ސަރުކާރު އިދާރާތަކުގެ ވެރިންނާއި އަދި މަޖިލީހަށް ވަޑައިގަންނަވާ ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

“މި މަޖިލީހަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމަކީ ޖިނާއީ ކުށެއް،” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެން އެފަދަ ކަމެއް އެއްވެސް އިދާރާއެއްގެ ބޭފުޅަކު ކުރައްވާކަން މަޖިލީހުގެ އިދާރާއަށް ފާހަގަ ކުރެއްވިއްޖެ ކަމަށްވާނަމަ އެކަމެއް ތަހުގީގު ކުރާނެ ކަމަށާއި އަދި ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އަށް ވެސް ފޮނުވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!