މި މަހުގެ 28 ބަންދު، އަންނަ މަހުގެ 15 ވެސް ބަންދު

މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ. އެއާއެކު އަޟްހާ އީދާ ގުޅިގެން އަންނަ މަހުގެ 15 ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ނިންމައިފަ އެވެ.

މިއަހަރުގެ މިނިވަން ދުވަސް ވަނީ ޖުލައި 26 ވާ ހުކުރު ދުވަހަށެވެ. އެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަސް ވެސް ބަންދެވެ. އެހެންކަމުން އިތުރު ކުރި އެއް ދުވަހާއެކު، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ވެސް ސަރުކާރު ބަންދުވާނެ އެވެ.

އަޟްޙާ ޢީދާ ގުޅިގެން ޗުއްޓީގައްޔާއި، އެނޫން އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިކަމެއް ކުރިމަތިވެދާނެތީ، އެ ކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި، އޮގަސްޓު 15 ވާ ބުރާސްފަތި ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!