ބޭރުގެ މަސްބޯޓުތައް ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމުގެ ގަރާރު ބަލައިގެންފި

ބޭރުގެ މަސްބޯޓުތައް ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި އެވެ. 


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި، 73 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ގަރާރު މަޖިލީހަށް ބަލައިގެންފައިވާތީ، އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ދިވެހި މަސްވެރިން އަހުލުވެރިކޮށް، އެފަދަ ބާވަތްތަކުގެ މަސް ބޭނުމަށް ބޭނުންވާ އާލާތްތައް ދިވެހި މަސް ބޯޓުތަކުގައި ގާއިމުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހެޅުމަށެވެ. އޭގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަން ކަނޑައެޅުމަށްވެސް އެ ގަރާރުގައި ވަނީ ހުށަހަޅައިފަ އެވެ.

ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުން މަނާކުރުމާއެކު ރާއްޖޭގެ މަސްވެރިކަމާބެހޭ ގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ އިތުރު ތިން ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!