ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހޮޅުދޫގައި ފެންބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގައި ފެންބޮޑުވެއްޖެ އެވެ.


ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ އެރަށަށް ބޯކޮށް ވާރޭވެހެން ފެށީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ. އަދި ހުއްޓާނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށު ހުރިހާ މަގެއްގައި ފެންބޮޑުވެފައިވާ ކަމަށް މުހައްމަދު ނަސީރު ވިދާޅުވިއެވެ.

“ވާރޭ ވެހެން ފެށީ 10:00 ޖަހާކަށްހާއިރު، އެވެހުން ގޮތަށް ގާތްގަނޑަކަށް ދެ ފޫޓު ވަރަށް ފެން ބޮޑުވި ބައެއް ސަރަހައްދުގަ،” މުހައްމަދު ނަސީރު ވިދާޅުވި އެވެ.

ވިއްސާރަ މިވަގުތު ހުއްޓާލި ނަމަވެސް އަދިވެސް ރަށުގެ މަގުތަކުގައި ފެން ނުހިނދޭ ކަމަށް މުހައްމަދު ނަސީރު ވިދާޅުވިއެވެ. އެގޮތުން އެމްއެންޑީއެފުންނާއި ފުލުހުން އަދި ރަށުގެ ރައްޔިތުން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!