ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ދެ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ ދައުވާއަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ ދެ އަމުރަކާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ސިވިލް ކޯޓުން ވަކިވަކިން ކޮށްފައިވާ މި ދެ އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ، ވ. ރާހި، މުޙައްމަދު ބާޤިރު (48އ) އާއި ފ. ނިލަންދޫ، އަސަރީގެ، އަޙްމަދު ޝަފާޒު (35އ) އެވެ.

މުޙައްމަދު ބާޤިރު ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 18 ވަނަ ދުވަހު 10:30 އަށް ސިވިލް ކޯޓަށް ހާޒިރު ޙާޟިރުކޮށްދިނުމަށްއެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަޙްމަދު ޝަފާޒު ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 18 ވަނަ ދުވަހު 09:30 އަށް ސިވިލް ކޯޓަށް ހާޒިރު ޙާޟިރުކޮށްދިނުމަށްއެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މި ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!