ވީއައިއޭގެ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި އާ އޭޕްރަން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.

އާ އޭޕްރަން ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފެށުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.އާ އޭޕްރަންގައި ފުރަތަމަ ޕާކުކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓެކެވެ. ޗައިނާ/ބެންކޮކުން އައި އެ ފްލައިޓަށް މަރުހަބާ ކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއްވެސް އަރުވައިފަ އެވެ.

ފަނަރަވަރަކަށް މަހުން ނިމުނު، 70،000 އަކަ މީޓަރު ބޮޑު މި އޭޕްރަންގައި، ކޯޑު އީގެ ތިން މަތިންދާބޯޓު ނުވަތަ ކޯޑު ސީގެ ހަ މަތިންދާބޯޓު އެއްފަހަރާ ޕާކު ކުރެވޭ ސްޓެންޑެއްގެ އިތުރުން، ކޯޑު އީގެ މަތިންދާބޯޓެއް ޕާކު ކުރެވޭ ސްޓޭންޑަކާއި ކޯޑު ސީގެ މަތިންދާބޯޓެއް ޕާކު ކުރެވޭ ސްޓޭންޑެއް ވަނީ ހަދާފައެވެ.

އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލެވުނީ 15 ވަރަކަށް މަހުން ކަމަށާއި ދެވަނަ ފިޔަވަހި ނިންމުމަށް ގާތްގަނޑަކަށް ހަތް މަސް ދުވަސް ނަގާނެކަމަށް ހަސަން ވިދާޅުވިއެވެ.

އާ އޭޕްރަންގައި މަތިންދާބޯޓަށް ކައިރި ކުރާ އިކުއިޕްމެންޓުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގެ އޭޕްރަން އާއި މިއަދު ހުޅުވި އޭޕްރަންގެ ސްޓޭންޑާޑް އެއްވަރުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!