ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާގުޅޭ ކޮމެޓީ ސިއްރުކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

މި މައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ ހޯމް މިނިސްޓްރީއާ އިމިގްރޭޝަން އަދި ލޭބާ އޮތޯރިޓީގެ ބޭފުޅުންނެވެ. އެކޮމެޓީގެ ބައްދަލުވުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައި އެވެ.

މީގެ އިތުރުން “ސާކް ވިޝަން 2030” މި ކަރުދާހަށް ކޮމިޓީން އެއްވެސް އިސްލާހެއް އޮތްނަމަ އެކަން ބެއްލެވުމަށްވެސް ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓް އިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުންވެސް ހިމެނެ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!