ފޮޓޯ: މިހާރު

ސަރުކާރާއެކު މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ދީބާޖާ އިން ނިންމައިފި

ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން މަޝްވަރާ އަށް ފުރުސަތު ދިނުމަށްޓަކައި، އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ މަޑުޖައްސާލަން ދީބާޖާ އިން ކޯޓުގައި އެދިފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމެންޓް ކޮމެޓީއަށް ހުށަހަޅައިގެން ހައްލެއް ހޯދުމަށް ދީބާޖާއިން ހުށަހަޅާފައިވާ ކަމަށެވެ. 

އެ ބަޔާނުގައިވާ ގޮތުން ދީބާޖާ އިން އެދުނު ގޮތަށް، ސެޓްލްމަންޓް ކޮމެޓީގައި އެ މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދާނެ އެވެ. އޭޖީ އޮފީހުން ކުރިން ބުނެފައިވަނީ ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއުކުރަން އެ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ސާފެއް ނުވެ އެވެ.

2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!