ފަސް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހަވީރު 16:00 ގެ ނިޔަލަށް ޔެލޯ އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ލ.އަތޮޅާއި ހަމައަށެވެ.

އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެހެން ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ މިރޭ 18:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި އެސަރަހައްދުތަކަށް ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. 

އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ކުރާނެ ކަމަށް ވެސް މެޓުން ބުނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!